މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހަތަރު މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި

Wed, 08 May 2024 11:59 AM

View on this article on Vaguthu

މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހަތަރު މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި

ފުލުހުން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހޯދަން ބޭނުންވާ ހަތަރު މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ.



ފުލުހުން ވިދާޅުވީ، ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެގޮތުން ހޯދަމުން އަންނަނީ:

  • އާއިމިނަތު ޝީޒާ އަލީ، ހުޅުމާލޭ ފެއަރވިލެޖް- ގޯތި ނަންބަރު 11168، 33 އަހަރު، A361312
  • ހަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، 42 އަހަރު، A099246
  • އީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ، 46 އަހަރު، A023529
  • ޔޫސުފް މުހައްމަދު ޒަައީމް، ކ. މާލެ/ހ. ދިޔަދޫ، 31 އަހަރު، A394121

ފުލުހުން ވިދާޅުވީ، މި މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ. އެހެން ކަމުން އެމީހުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ.



More from Vaguthu