ދައުރު ހަމަވާއިރު ޖަވާބު ނުލިބޭ 21 ސުވާލާއި 322 ޝަކުވާ އެބައޮތް!

Tue, 07 May 2024 01:56 PM

View on this article on Vaguthu

ދައުރު ހަމަވާއިރު ޖަވާބު ނުލިބޭ 21 ސުވާލާއި 322 ޝަކުވާ އެބައޮތް!

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ 19 ވަނަ ދައުރު ނިމޭއިރު 322 ޝަކުވާގެ ސިޓީއަކާއި ޖަވާބު ނުލިބޭ 21 ސުވާލު އެބައޮތްކަމަށް މިއަދުގެ ޖަލްސާގައި ހާމަކޮށްފިއެވެ.



މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާގައި ވިދާޅުވީ މަޖިލީހަށް މެމްބަރުން ހުށަހަޅާފައިވާ ސުވާލުތަކުގެ ތެރެއިން 21 ސުވާލަކަށް ޖަވާބު ނުލިބޭތީ އެ ސުވާލުތަށް ކުރިއަށް އޮތް ޖަލްސާތަކުގައި އެޖެންޑާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިއަދުވެސް އެއް ސުވާލު އެޖެންޑާ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ބައެއް މެމްބަރުންނަށް ވަގުތު ނުވުމުގެ ސަބަބުން މިއަދަށް އެޖެންޑާ ނުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

"މާދަމާގެ ޖަލްސާއަށް އަޅުގަނޑު މަސައްކަތް މިކުރަނީ ބައެއް ސުވާލުތައް އެޖެންޑާ ކުރެވޭތޯ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސުވާލުތައް ހުށަހަޅާފައިތިބި މެމްބަރުން މިކަމަށް ވަގުތު ހުސްކޮށްދިނުމަށް. 322 ޝަކުވާގެ ސިޓީތައް އާންމު އުސޫލެއްގެ ގޮތުން އާންމު ކޮމިޓީއަށް ހުށަހަޅާނީ. އެކޮމިޓީގަ މިހާރުވީ. އެ ކޮމިޓިން ޝަކުވާ އާ ގުޅެ ކޮމިޓީތަކަށް ދެން ހުށަހަޅާނީ."، އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ކޮމިޓީން ދައުރު ނިމުމުގެ ކުރިން ސިޓީތަކަށް ޖަވާޞު ދެއްވުމަށް މުގަރިރުންނަށް ދަންނަވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ އިތުރުން އާދިއްތަ ދުވަހުވެސް އިތުރު ޖަލްސާއެއް ބާއްވައިގެންވެސް މަސައްކަތްތަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހެވެ.



More from Vaguthu