އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

Tue, 07 May 2024 01:29 PM

View on this article on Vaguthu

އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.



އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެއި 12 އިން ފެށިގެން އެ ދުވަހުގެ ނިޔަލަށް (ސަރުކާރު ބަންދު ނޫން) ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އެ ވުޒާރާގެ ކައުންޓަރުންނެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ގުޅޭގޮތުން ފެބްރުއަރީ 9 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔުމަށްފަހު އެވެ.



More from Vaguthu