ރާއްޖޭގައި އާބާދީ އިިތުރު ކުރަން އެލަވެންސްއެއް ތައާރަފް ކުރަން ގޮވާލައިފި

Mon, 06 May 2024 11:25 PM

View on this article on Vaguthu

ރާއްޖޭގައި އާބާދީ އިިތުރު ކުރަން އެލަވެންސްއެއް ތައާރަފް ކުރަން ގޮވާލައިފި

ރާއްޖޭގައި އާބާދީ އިިތުރު ކުރަން ސަރުކާރުން ހާއްސަ އެލަވެންސްއެއް ތައާަރަފް ކުރަން ޖެހިފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.



މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަނީ ދަށަށެވެ. ރާއްޖޭގެ އާބާދީގައި ކުޑަކުދިން ހިމެނޭ ނިސްބަތް ދަނީ ދަށަށް ކަަމަށާއި އުމުރުން 14 އަހަރު ނުފުރޭ ކުދިންގެ ނިސްބަތް 2014 ވަނަ އަހަރު ހުރީ %28 ގައި ހުރިިއިރު، 2022 ވަނަ އަހަރާއި ހަމައަށް އައިއިރުގައި އޭގެ އިންސައްތަ %26 އަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެއެއްގެ ދިރިއުޅޭ އާއިލާގެ ސައިޒް ރާއްޖޭގައި ދަނީ ކުޑަވަމުން، 2014 ވަނަ 5.2، 2022 ވަނަ އަހަރު 4.7. އޭގެ މާނައަކީ ރާއްޖޭގެ އާބާދީ، އިގްތިސޯދީ ގޮތުން ކުރިއަރަމުންދާ ގޮތަށް ގްރޯވަމުން ނުދޭ، މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،".

އޭނާ ވިދާޅުވީ، އާއިލާތަކުގެ ސައިޒްތައް ކުޑަވުމުގެ މައިގަނޑު މަގްސަދަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުުވުމާއި، މާލެ އަށް ތޮއްޖެހުމާއި، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިހާރު ރާއްޖޭގައި މި އޮތީ ޔުނިވާސަލް ޗައިލްޑް ބެނިފިޓް އެލަވެންސް ތައާަރަފް ކުރަން ޖެހިފައޭ. ހަމައެކަނި އެކަނިވެރި މައިންނަށް ދެވޭ ލެލަވަންސް އެބަ ޖެހޭ އިސްލާހުކޮށް ރީފޯމް ކުރަން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެކަނިވެރިން މައިން ކަމުގައި ނުވިޔަސް، ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވިޔަސް، އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ބަލާ އެ މީހުންނަށް އެބަ ޖެހެއޭ ދަރިފުޅު ބެލެހެއްޓުމަށްޓަކައި އެލަވެންސް ލިބޭނެ މަގެއް ތަނަަވަސް ކުރަން، އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް މަތި ކުރެވޭކަށް،" ސަލީމް ވިދާޅުވިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ސައްލެ
--
ފޮޓޯ: މަޖިލީސް

ސަލީމް ވިދާޅުވީ، ބޭރު މީހުން ރާއްޖޭގެ ވަޒީފާތަަކަށް ގެނައުމުގެ ވާހަކަ ދައްކާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި މި ވާހަކަދައްކާއިރު ހަގީގީ މައްސަލައަށް ފުންކޮށް ވިސްނަން ޖެހޭ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލައަކީ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިއަށްދާ މިންވަރަށް، ރާއްޖެއިން ދިވެހިން ވަޒީފާތަަކަށް ނުލިބުން ނުވަތަ ނުނިކުތުން ކަމަށެވެ.

"ވަަރަށް ސާފްކޮށް ފެންނަން އޮތް އެއް ކަމަކީ ބައެއް ވަޒީފާތަަކަށް ދިވެހިން ޝައުގުވެރި ނުވުން، ދިވެހިން ޝައުގުވެރި ކުރުވުމަށްޓަކައިވެސް އަޅުގަނޑުމެން ބައެއް ކަންކަން ނުކޮށް އޮތުން، ދިވެހިންނާއި ބޭރު މީހުންނާއި ދެމެދުގައި އެއް ވަޒީފާއެއްގައި އެއް ބާވަތެއްގެ ވަޒީފާގައި އުޅުނު ކަމުގައިވިޔަސް ވަރަށް ބޮޑެތި ތަފާތު ކުރުންތައް އެބަ ހުރި، ޗުއްޓީއަށް ދިއުމުގައި މިސާލަކަށް ބޭރު މީހަކަށް ވިއްޔާ ޓިކެޓް ލިބޭނެ، އެހެން ނަަމަވެސް އެއީ އަމިއްލައަށް އިންތިޒާމް ކުރަން ޖެހޭ ކަމެއް،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ހަމަހަމަ ކަމާއި އިންސާފު ހޯދައި ދޭވެނެ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ %26 އަކީ ބިދޭސީން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، 30-40 އަހަރާއި ދެމެދުގެ މީހުންނަކީ އާއްމުކޮށް ވަޒީފާގައި މީހުން އުޅޭ އުމުރަށްވާއިރު، އެ އުމުރު ފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ ނިސްބަތް މަތިކަން ތަފާސްހިސާބުތަކުން ދައްކާ ކަަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ މައިގަނޑު ހުރިހާ ދާއިރާއެއްގައިވެސް ބިދޭސީން ގިނަވުން ކަމަށް އޭނާ ވިދާޅުވިއެވެ.



More from Vaguthu