ލ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު

Sun, 05 May 2024 11:10 AM

View on this article on Vaguthu

ލ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު

މޫސުން ގޯސްވެ، ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.



މެޓުން އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:45 އިން ފެށިގެން މެންދުރު ފަހު 15:45 އާއި ހަމައަށެވެ.

މެޓުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.



More from Vaguthu