މާލޭގެ ފިހާރައެއްގެ ތެރެއިން ޑުރަގާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

Sat, 04 May 2024 04:35 PM

View on this article on Vaguthu

މާލޭގެ ފިހާރައެއްގެ ތެރެއިން ޑުރަގާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.



މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ، ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކޮށްފަައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަަހަރުގެ ރުހުލް އަމީނެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ބަންދު އަމުރުގައިވާގޮތުން މަސްތުވާތަކެތި ވިއްކާ ކަމަށްބުނެ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ނަންބަރަކީ ރުހުލް އަމީންގެ ފޯނު ނަންބަރެވެ. އަދި ރުހުލް އަމިން މަސައްކަތްކުރާ ފިހާރައިގެ ތެރެއިން ޓްރެފިކިން އަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭނާ މަސައްކަތް ކުރާ ފިހާރައިން ޑިޖިޓަލް ކައްޓާއަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސެލޯފިންކޮޅުތަކެއް ފެނިފައިވާ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

ރުހުލް ވަނީ މިއީ އޭނާގެ އެއްޗިއްސެއް ނޫން ކަމަށާއި އަދި ފިހާރައިގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ.

ދާދިފަހުން ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބޯކޮށާ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކުވެސް ހައްޔަރުކޮށްފައެވެ.



More from Vaguthu