އޭޕްރީލް މަހު ވައްކަމުގެ 270 މައްސަލައާއި މަސްތުވާތަކެތީގެ 190 މައްސަލަ

Sat, 04 May 2024 02:26 PM

View on this article on Vaguthu

އޭޕްރީލް މަހު ވައްކަމުގެ 270 މައްސަލައާއި މަސްތުވާތަކެތީގެ 190 މައްސަލަ

ނިމިދިޔަ އޭޕްރީލް މަހުގައި ވައްކަމުގެ 270 މައްސަލަ އަދި މަސްތުވާތަކެތީގެ 190 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ



ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 928 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • – ވައްކަން ކުރުމުގެ 270 މައްސަލަ
  • – ޓްރެފިކް އެކްސިޑެންޓު 212 މައްސަލަ
  • – މުދަލަށް ގެއްލުން ދިނުމުގެ 55 މައްސަލަ
  • – މަކަރާއި ހީލަތް ހެދުން 54 މައްސަލަ
  • – ޖިންސީ ގޯނާގެ 30 މައްސަލަ
  • – އަނިޔާ ކުރުމުގެ 52 މައްސަލަ
  • – ގެވެށި އަނިޔާ 15 މައްސަލަ
  • – ފޭރުމުގެ 36 މައްސަލަ
  • – ފޯޖް ކުރުމުގެ 12 މައްސަލަ
  • – މަސްތުވާތަކެއްޗާ ގުޅޭ 109 މައްސަލަ
  • – އެއްޗެހި ގެއްލުމުގެ 82 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދު ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އެކްސިޑެންޓްގެ މައްސަލަތައް ވެސް ގިނައެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



More from Vaguthu