ފެނަކައިން ހިންގި ފެނާ ނަރުދަމާގެ 16 މަޝްރޫއެއް ފެންކުންފުންޏާ ހަވާލުކޮށްފި

Sat, 04 May 2024 01:11 PM

View on this article on Vaguthu

ފެނަކައިން ހިންގި ފެނާ ނަރުދަމާގެ 16 މަޝްރޫއެއް ފެންކުންފުންޏާ ހަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް މޯލްޑިވްސް ވޯޓާ އެން ސްވަރޭޖް (އެމްޑާބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.



އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ރަސްމީ ފޭސްބުކުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފެނަކައާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ ފެނައިން ހިންގަމުންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެން ކުންފުންޏާއި ހަވާލުކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ޓެކްނިކަލް ލެވަލްގެ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުތައް ހިންގާ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފެނަކަ އާއި ހަވާލުކުރި މިފަދަ މަޝްރޫއުތައް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ބައެއް ރަށްތަކުގައި މި މަޝްރޫއުތައް ފަށާގައި މެދުކަނޑާލާފައިވާއިރު އަނެއް ބައި ރަށްތަކުގައި މަޝްރޫއުގެ މަސައްކަތް އެއްގޮތަކަށްވެސް ވަނީ ނުފެށިއެވެ.

ފެނަކަ އިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށް ނިންމާފައެވެ.



More from Vaguthu