އުތުރާއި މެދު ރާއްޖެއަށް ވިއްސާރަ ކުރާނެ

Sat, 04 May 2024 09:24 AM

View on this article on Vaguthu

އުތުރާއި މެދު ރާއްޖެއަށް ވިއްސާރަ ކުރާނެ

އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ގުގުރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.



މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ އެ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނިގައި ވައިޖެހޭނެ ކަމަަށްވެސް ލަފާ ކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ރ. އަަލިފުއްޓަށެވެ އެރަށަށް 21.7 މިލިލީޓަރުގެ ވާރޭ ވެހުނުއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކ. ކާށިދޫއަށް 18.2 ކިލޯމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނ. މާފަރަށެވެ. އެއީ 8.5 މިލިލީޓަރުގެ ވާރޭއެވެ.



More from Vaguthu