އެފްޑީސީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ބައިވެރިވެ ވަޑަައިގެންފި

Sat, 04 May 2024 09:02 AM

View on this article on Vaguthu

އެފްޑީސީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ބައިވެރިވެ ވަޑަައިގެންފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ހުސަައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފިއެވެ.



ރައީސް އޮފީހުން ބުނީ ރޭ ކްރޮސް ރޯޑްސްގައި ބޭއްވި އެ ހަފުލާގައި ނައިބު ރައީސް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފުތިތާހު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވާ ކަމަށެވެ.

އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ހަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރެއްވި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައި ކަމަށެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 95 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސްގެ ޤަރާރު ނަންބަރު 2/2019 އިން، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. 100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.



More from Vaguthu