ޑރ. ރަމްޝާ ނިޔާވެއްޖެ

Thu, 02 May 2024 05:20 PM

View on this article on Vaguthu

ޑރ. ރަމްޝާ ނިޔާވެއްޖެ

އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވި ޑރ. ރަމްޝާ އާއިނަތު ނިޔާވެއްޖެއެވެ.



އެނގިފައިވާ ގޮތުގައި ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. ރަމްޝާ ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތް ކުރުމަށްފަހު، އިތުރަށް ކިޔެވުމަށް ބެންކޮކުގައި ހުއްޓާ 2020 ވަނަ އަހަރުއެވެ.

2020 ވަނަ އަހަރު ކެންސަރު ޖެހިފައިވާކަން އެނގުނު ނަމަވެސް ޑރ. ރަމްޝާ ވަނީ ވަނީ އޭނާގެ ކިޔެވުން ފުރިހަމަ ކޮށްފައެވެ.

ކެންސަރު ބަލީގައި ޑރ. ރަމްޝާ ނިޔާވިއިރު، އޭނާ އަކީ ކެންސާ ސޮސައިޓީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މީހެކެވެ. އަދި އޭނާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.



More from Vaguthu