ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ

Mon, 29 Apr 2024 08:16 AM

View on this article on Vaguthu

ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަނީ

ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.



އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާންގައި ބުނެފައިވަނީ ސްކޫލު ތަރައްޤީ ކުރާނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އިންޓަރނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާރޓްސް އުފައްދައި، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް، ކަރިކިއުލަމް އެންޑް އެކަޑަމިކް ޕްރޮގްރާމްސް ޑިވެލޮޕްމަންޓް، އަދި އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ގެލެރީތަކާއި މިއުޒިއަމްތައް ހިމަނައި، މީހުން ޒިޔާރަތް ކުރާ ތަނަކަށް ހެދުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

އެ ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށް ކަމަށްވެއެވެ. އޭގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް ދަސްކޮށްދޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް އެންގުމަށް ވަނީ އެދިފައެވެ.

ރާއްޖޭގައި ކުރިއަރަމުން އަންނަ އުފެއްދުންތެރި ކަމުގެ ސިނާޢަތަށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއެކު ކުރެވިދާނެ ޕާޓްނަރޝިޕްތައް ހޯދުމުގެ ޝައުޤުވެރިކަން ސަރުކާރުން ގެންގުޅޭކަން ވެސް އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.



More from Vaguthu