ކަނބަލުންގެ ގާބިލުކަން އިތުރުވުމުން އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މަގުފަހިވާނެ - މެޑަމް ސާޖިދާ

Mon, 29 Apr 2024 07:58 AM

View on this article on Vaguthu

ކަނބަލުންގެ ގާބިލުކަން އިތުރުވުމުން އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މަގުފަހިވާނެ - މެޑަމް ސާޖިދާ

ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.



މެޑަމް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ އެ ކޮމިޓީ މެޑަމް އިފުތިތާހުކޮށް ދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިން ވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގައެވެ.

އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން ފުލުހުންގެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް މެޑަމް ވިދާޅުވިއެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވިއެވެ.

“އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެ ހަފުލާގައި މެޑަމް ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް ވެސް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާއިއުކޮށްފައިވާ ފޮތެކެވެ.



More from Vaguthu