މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

Mon, 29 Apr 2024 07:56 AM

View on this article on Vaguthu

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.



އެ ކުންފުނިން ބުނީ، މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ މާފަންނުގެ ކަނބާ އައިސަރަނި ހިނގުމާއި، ބުލޫކިޔާ މަގު، މުރަނގަމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން ހެނދުނު 09:30ން 11:30ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯގެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލައެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާއާފަށް އެދޭއިރު، މަސައްކަތެއް ފެށުމުގެ ކުރިން އެކުންފުނިން އަބަދުވެސް ރައްޔިތުންނަށް އެކަން އަންގައެވެ.



More from Vaguthu