މޫސުން ގޯސްވެ، 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

Mon, 29 Apr 2024 07:52 AM

View on this article on Vaguthu

މޫސުން ގޯސްވެ، 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.



މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ.

މެޓުން ބުނެފައިވަނީ މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ރޭ ދަންވަރު 2:45 އިން ފެށިގެން ހެނދުނު 7:00 އާއި ހަމައަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މި ސަމާލުގައި މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



More from Vaguthu