ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ ނިޒާމު އިފްތިތާހުކޮށްފި

Sun, 28 Apr 2024 12:06 PM

View on this article on Vaguthu

ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ ނިޒާމު އިފްތިތާހުކޮށްފި

ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓް ސިސްޓަމް (އައިސީއެމްއެސް) އިފުތިތާހުކޮށްފިއެވެ.



މި ސޮފްޓްވެއަރ އިފްތިތާހުކޮށްދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މިއީ ޔޫއެންޑީޕީ އާއި އިނގިރޭސިވިލާތުގެ ވެސް އެހީތެރިކަމާ އެކީ ޑިވެލޮޕްކުރި ސޮފްޓްވެއާއެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުން އެއް ވިއުގައަކުން ގުޅުވާލައި ހިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަކޮށްދިނުމަށް އެޅޭ ފާލަމެއް ކަމަށެވެ.

އައިސީއެމްއެސް އަކީ ދައުވާ ފޯމު ހުށަހެޅުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ކޭސްތަށް ފަނޑިޔާރުން ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމާއި ހުކުމް ކުރުން ވެސް ސިސްޓަމުގެ ތެރެއިން ކުރިއަށްގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނީ އައިސީއެމްއެސްގެ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު އާއްމުންނަށް މައްސަލަތައް ގޮސްފައިވާ ހިސާބު ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ނިޒާމާއެކު ދެފުށް ފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ހުރިހާ ކޯޓުތަކެއް އެއް ނެޓްވޯކަކުން ގުޅައިލައި، އިލެކްޓްރޯނިކް ޕޯޓަލެއްގެ ތެރެއިން މައްސަލަތައް ފައިލްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މީގެ ކުރިން ބޭއްވި ފަނޑިޔާރުންގެ މަހާސިންތާތަކުގައި ވެސް މަޝްވަރާކުރެވުނެވެ.



More from Vaguthu