މިރޭ ވާރޭ ވެހުމާއެކު ބޯކޮށް ގުގުރާނެތީ ސަމާލުވާން އަންގައިފި

Sat, 27 Apr 2024 06:25 PM

View on this article on Vaguthu

މިރޭ ވާރޭ ވެހުމާއެކު ބޯކޮށް ގުގުރާނެތީ ސަމާލުވާން އަންގައިފި

މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުމާއެކު ބޯކޮށް ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވާން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެއެވެ.



މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރާ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މާލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލާށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލައް ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެ އައްޑޫ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ގެއްލުންވެފައި ވެއެވެ.



More from Vaguthu