ފުވައްމުލައް ދެކުނު ގޮނޑި ގެއްލުނު މައްސަލައިގައި ފައިސަލްއަށް ފިޔަވަޅު އަޅަން ޖެހޭ - މަހްލޫފް

Tue, 23 Apr 2024 09:48 PM

View on this article on Vaguthu

ފުވައްމުލައް ދެކުނު ގޮނޑި ގެއްލުނު މައްސަލައިގައި ފައިސަލްއަށް ފިޔަވަޅު އަޅަން ޖެހޭ - މަހްލޫފް

ފުވައްމުލައް ދެކުނު ގޮނޑި ގެއްލުނު މައްސަލައިގައި، ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމަށް އެމްޑީޕީން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.



އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

"މިކަމުގައި އަޅުގަނޑުމެން މިތިބީ ދޫދޭކަށް ނޫން،".

މަހްލޫފް ވިދާޅުވިގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންގމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،". މީގެ ދެ މަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް ފައިސަލްއާ ގުޅޭގޮތުން މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، މިއީ މިކަން ހިނގާދިޔަގޮތުގެ ހަގީގަތް ކަަމަށެވެ.

"މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމު އޮތީ ދޫދޭގޮތަކަށްނޫނެވެ. މިމައްސަލަ ބަލާ އެމްޑީޕީގެ ފަރާތުން ފައިސަލް އަށް ފިޔަވަޅުއަޅަންޖެހޭ.". އޭނާ ވިދާޅުވިއެވެ.

‏އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލުކުރިގޮތަށް މިފަހަރު 48 ވޯޓުގެ ފަރަގަކުން މިގޮނޑި އެމްޑީޕީއަށް ގެއްލުވާލާފައިވާ ކަަމަށެވެ.



More from Vaguthu