ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް 600 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ފޮނުވައިފި

Tue, 23 Apr 2024 02:06 PM

View on this article on Vaguthu

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް 600 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ފޮނުވައިފި

ހދ. ކުޅުދުއްފުއްޓަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް 600 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ފޮނުވައިފިއެވެ.



ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް 600 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ފޮނުވައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް އާ ދެ ޖެނެރޭޓަރު ފޮނުވާފައިވާއިރު، މިދިޔަ ހަފްތާގައި އެ ސިޓީގެ ތިން ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުނެވެ. އެ މައްސަލަ ދިމާވީ، ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުންނެވެ.

އެ މައްސަލަ ހައްލު ކުރީ ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވައިގެންނެވެ.

ކޮންޓްރޯލު މޮޑިއުލް އަނދައިގެން ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކުރި ފަހުން ވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް އެ ރަށުން މެދު ކެނޑިފައިވެއެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ ސްޓެލްކޯގެ އިތުރު ޓީމެއް ވެސް އެ ސިޓީއަށް ފޮނުވިއެވެ.

ދޭތެރެ ދޭތެރެއިން ބައެއް ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވާއިރު އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



More from Vaguthu