"ވަގުތު" ސާވޭ: މީދޫ ދާއިރާ އެންމެ ވާދަވެރި ދާއިރާއަށް!

Fri, 19 Apr 2024 11:20 AM

View on this article on Vaguthu

"ވަގުތު" ސާވޭ: މީދޫ ދާއިރާ އެންމެ ވާދަވެރި ދާއިރާއަށް!

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ވާދެވެރި އެއް ދާއިރާއަކަށް ސ. މީދޫ ދާއިރާ ވެގެންދާނެ ކަމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭރިން ދައްކައިފިއެވެ.



"ވަގުތު" އިން ކޮންމެ އިންތިހާބަކާއި ދިމާކޮށް ކުރިއަށް ގެންދާ ސާވޭގެ ތެރެއިން މިފަހަރުގެ މަޖިލިސް އިންތިހާބާއި ދިމާކޮށް މީދޫގައި ކުރިއަށް ގެންދިޔަ ސާވޭގައި 503 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ މުޅި ރަށަށް ބަލާނަމަ، ވޯޓު ލެވޭ މީހުންގެ 21.9 އިންސައްތައެވެ. ރަށަށް ވޯޓު ލެވޭ މީހުންނަަށް ބަލާއިރު، 35.42 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލުމާތަށް ބަލާއިރު، މީދޫގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ، ރަށުން ބޭރުގައި ތިބި މީހުން ލައިގެން 2،287 މީހަކަށެވެ. މީގެ ތެރެއިން ރަށަށް ރަޖިސްޓްރީކޮށްފައިވަނީ ނުވަތަ ރަށަށް ވޯޓު ލަނީ 1،420 މީހުންނެވެ.

މި ދާއިރާއަށް ވާދަކުރައްވަނީ ޕާޓީތަކުގެ ފަރާތުން ޕީއެންސީގެ ކެންޑިޑޭޓު އިޔާޒް ޖާދުއްﷲ ނަސީމް އާއި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ސަބްރީއެވެ. ދެން އަމިއްލަ ގޮތުން ވާދަކުރައްވަން ތިބީ، އިބްރާހިމް ޝަފީއު (ޝާއްޕެ)، ހިޝާމް އަހުމަދުގެ އިތުރުން އަބްދުލް ރަހްމާން (އައްދު)އެވެ.

"ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ މިނިވަން ކެނޑިޑޭޓް، އައްދު އަށެވެ. އެއީ ސާވޭގައި ބައިވެރިވި 183 މީހުންނެވެ. އެއީ 35.5 އިންސައްތައެވެ. ދެން އެންމެ ގިނަ ބަޔަކު ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ ޕީއެންސީގެ ކެނޑިޑޭޓް، އިޔާޒް އަށެވެ. އެއީ ސާވޭގައި ބައިވެރިވި 170 މީހުންނެވެ. އެއީ 32.9 އިންސައްތައެވެ.

ސާވޭގައި ބައިވެރި މީހުންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓް، ސަބްރީއަށް ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ 150 މީހުންނެވެ. އެއީ 29.1 އިންސައްތައެވެ.

މި ސާވޭގައި ބައިވެރިވި 283 މީހުންގެ ތެރެއިން ޝަފީއު، ހިޝާމްއަށް ވޯޓު ދޭނެ މީހަކާއި ދިމާވެފައެއް ނުވެއެވެ.



More from Vaguthu