ވަޒީރުންނާއެކު ތިބޭ އަންހެނުންނާ ފޮށުމަކީ މަޖިލީހުގެ ހަޔާތުގައި ކަޅު ދުވަހެއް: މީކާއިލް

Mon, 05 Jun 2023 12:40 PM

View on this article on Vaguthu

ވަޒީރުންނާއެކު ތިބޭ އަންހެނުންނާ ފޮށުމަކީ މަޖިލީހުގެ ހަޔާތުގައި ކަޅު ދުވަހެއް: މީކާއިލް

ވަޒީރުންނާއެކު ތިބޭ އަންހެނުންނާ ފޮށުމަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ކަޅު ދުވަހެއް ކަމަށް މަޖިލިހުގެ ގަލޮޅު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މީކާއިލް އެގޮތަށް ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަޖިލިހުގައި އިންނެވިއިރު، އޭނާގެ ދެފަރާތުގައި އިށީނދެގެން ތިބީ 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން ކަމަށް ޝަކުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވުމުންނެވެ.

މީކާއީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއިއެކު ތިބޭ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެންފެށުނު މި ދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް ކަމަށެވެ.

ބަންޑާރަ ނައިބު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް(އިޓްލޮސް)ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅި މައްސަލައިގައެވެ.

އެ މައްސަލަ މިދިޔަ ބުދަ ދުވަހު އެޖެންޑާކުރިއެވެ. ނަމަވެސް ރިފްއަތު އެ ދުވަހު ލިއުމުން ޖަވާބު ދާރީވެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން މައްސަލަ ކުރިއަކަށް ނުދިޔައެވެ.

މިއަދު އެ މައްސަލަ މަޖިލީހުގައި ވަނީ އަލުން އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި އެ މައްސަލަ މަޖިލީހުގައި ހުށަނޭޅި ވަރަށް ގިނައިރު ހޭދަވެގެން ދިޔައެވެ.



More from Vaguthu