ރިފްއަތު މަޖިލިހަށް ހާޒިރުވި ޖަލްސާ ހޫނުވެފައި!

Mon, 05 Jun 2023 09:43 AM

View on this article on Vaguthu

ރިފްއަތު މަޖިލިހަށް ހާޒިރުވި ޖަލްސާ ހޫނުވެފައި!

ބަންޑާާރަ ނައިބު ރިފްއަތު އިބްރާހިމްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައި އެ މައްސަލަ އެޖެންޑާ ކުރި ދެވަނަ ދުވަހު ވެސް މަޖިލިސް ހޫނުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް(އިޓްލޮސް)ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އަދި އެ މައްސަލަ ބުދަ ދުވަހު އެޖެންޑާކުރި އެވެ. ނަމަވެސް ރިއްފަތު އެ ދުވަހު ލިއުމުން ޖަވާބު ދާރީވެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން މައްސަލަ ކުރިއަކަށް ނުދިޔައެވެ.

އެކަމަކު އެންމެ ފަހުން މަޖިލީހަށް ޖަވާބު ދާރީވަން ނިންމެވުމުން މިއަދަށް އެ މައްސަލަ އަލުން އޮތީ އެޖެންޑާ ކޮށްފައެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެ އެމްޑީޕީ މެމްބަރުން ދިޔައީ އަޑުގަދަ ކުރައްވަމުންނެވެ. އެހެންވެ މަޖިލިހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ޖަލްސާގެ ހަލަބޮލިވުމުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޖަލްސާ ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލައްވައިފައެެވެ.

ޖަލްސާ މިއަދު ފެށިފަހުން އަޑު ކަނޑާލައިފައި ހުރުމުން ގިނަ މެމްބަރުން ވިދާޅުވި އެއްޗެއްވެސް ނޭނގެއެވެ.



More from Vaguthu