ކޮވިޑުން ރަނގަޅުވާ ކުދިންނަށް ޖެހޭ މިސްކްގެ އާ ވޭދަނައެއް ރާއްޖެއިން ފެނިއްޖެ

Mon, 29 May 2023 08:55 PM

View on this article on Vaguthu

ކޮވިޑުން ރަނގަޅުވާ ކުދިންނަށް ޖެހޭ މިސްކްގެ އާ ވޭދަނައެއް ރާއްޖެއިން ފެނިއްޖެ

ކޮވިޑް-19 އން ރަނގަޅުވާ ކުދިންނަށް ޖެހޭ ނުރައްކާތެރި ބަލި ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ގެ އާ ވޭދަނައެއް ރާއްޖޭން ފެނިއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މިސްކްގެ އާ ވޭދަނައެއް ފެނިފައިވާ ކަމަށެވެ. ޑރ. ފައިސަލް ވިދާޅުވިގޮތުގައި، މިއީ ހަށިގަނޑުގެ ގިނަ ސިސްޓަމްތަކަަށް އޭގެ އަސަރު ކުރުވާ ބައްޔެކެވެ.

އެގޮތުން ކޮވިޑް ޖެހުނުތާ ހަފްތާތަކެއް ފަހުން މި ބަލި ޖެހޭ ކުއްޖާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހުން އައުމާއި، ލޯ ރަތް ވުމާއި، ލޭގެ ޕްެރެޝަރ ދަށްވުމާއި، ބަނޑުގައި ވަރަށް ބޮޑަށް ރިއްސުން ހިމެނެއެވެ.

ފައިސަލް ވަނީ ކޮވިޑްގެ ސަބަބުން އަދިވެސް އުނދަގޫތަކާއި ކުރިމަތިވާކަން ހާމަކޮށްފައެވެ.

މީގެ ކުރިން މިސް-ސީ ބަލީގައި ރާއްޖެއިންވެސް ކުއްޖަކު ނިޔާވެފައި ވެއެެވެ.

އެ ކުއްޖާ ނިޔާވެފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

ޑރ. ފައިސަލް މީގެ ކުރިން ވަނީ މިއީ ވަރަށް މަދު ބައްޔަކަށް ވިޔަސް، ކޮވިޑް ޖެހުމުން ނިމުނީ ނޫންކަން ހަނދާންކޮށްދީފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުމާ އެކު ކަރާއި ގައިގައި ރިއްސުމާއި، ހޮޑުލުން އަދި ލޭގެ ޕުރެޝަރު ދަށްވުން ފަދަ ކަންކަން ހިމެނޭ ކަމަށް ފައިސަލް ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އަތާއި ފައި އަދި ހަށިގަނޑު ރަތްވުމާއި އަތާއި ފައި ދުޅަވުމުގެ އިތުރުން އަތާއި ފައިން ހަންފޮޅުން ފަދަ އަލާމާތްތައް ވެސް މި ބަލީގައި ފެންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.



More from Vaguthu