އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

Sat, 27 May 2023 02:07 AM

View on this article on Vaguthu

އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ސައިކަލެއް ބާރު ސްޕީޑްގައި ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ، މާލެ އިން ހުޅުމާލެއަށް އަންނަ ހަލިމަގުގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިާ ކަމަށް މިރޭ 12:04 ގައި ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ހަސަން ފައިސަލް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެެވެ.


More from Vaguthu