ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ހުކުމް ކުރުމަކީ އަނިޔާއެއް- މުހައްމަދު އިސްމާއީލް

Sun, 26 Mar 2023 02:53 AM

View on this article on Vaguthu

ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ހުކުމް ކުރުމަކީ އަނިޔާއެއް- މުހައްމަދު އިސްމާއީލް

ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައި ހުކުމް ކުރުމަކީ އެކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ދެވޭ އަނިޔާއެއް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ، ކުށަކަށް ލިބެން ޖެހޭ އަދަބެއް ލިބުމަކީ އަނިޔާއެއް ނޫން ކަމަށް ރައީސް ސޯލިހު 2015 ވަނަ އަހަރު ވިދާޅުވެފައިވާ ހަބަރެއްގެ ސްކްރީން ޝޮޓެއް މީހަކު ޓުވިޓާއި ހިއްސާ ކުރުމުންނެވެ.

އެގޮތުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުށް ސާބިތު ނުވެ، ސިޔާސީ ގޮތުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ކުރި ހުކުމަކީ އަނިޔާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ، "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާފަ ހުކުމް ކުރުމަކީ" މިއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގަ އޮންނަ މާއްދާއެއް ނޫން ކަމަށެވެ.

"މިއީ އަނިޔާއަކަށްވާ ސަބަބު. ސާފުވާނެ ކަމަށް ހީ ކުރަން" އޭނާ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ވ. އާރަށު މައްސަލައާއި ގުޅޮގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އެމަނިކުފާނު 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔާމީނަށް އިއްވި ހުކުމުގައި މިއިގަނޑު ގޮތެއްގައި ޤާޒީ އަޙްމަދު ޝަކީލް ފާހަގަ ކޮށްފައިވަނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމަކުން ވިސްނާއިރުއެވެ. ހުކުމް ކުރި ވަގުތު އެތައް ފަހަރަކު ތަކުރާރުކޮށް އެފަދައިން ޤާޒީ އަޙްމަދު ޝަކީލް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ވަނީ މީހެއްގެމައްޗަށް ޙުކުމެއް ކުރާއިރު ދެ ޚަޞްމުންގެ ވާހަކަތަކަށާ ދެފަރާތުގެ ހެކިންގެ ހެކިބަހަށާ ހޯދިފައިވާ ދެފަރާތުގެ ހޯދުންތަކަށް ރިޢާޔަތްކުރަންވާނެ ކަމަށް ބުނެފައެވެ.

އަދި ހަމައެކަނި ދަޢުވާކުރި ފަރާތުގެ ވާހަކަތަކަށާއި ބަޔާންތަކަށާއި ހެކިތަކަށް ރިޢާޔަތްކޮށް "ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު" އޭ ބުނެފައި ދަޢުވާ ލިބޭފަރާތަށް ދެރަކޮށް ހުކުމް ކުރުމަކީ އެއީ އަނިޔާއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.


More from Vaguthu