ހިތްހަމަ ނުޖެހޭ ކަންކަން އެބަހުރި، އެކަމަކު ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް ނުދޭ - ފާރިސް

Sat, 25 Mar 2023 08:42 PM

View on this article on Vaguthu

ހިތްހަމަ ނުޖެހޭ ކަންކަން އެބަހުރި، އެކަމަކު ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް ނުދޭ - ފާރިސް

މި ސަރުކާރުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހުރި ކަމަށާއި، އެހެން ނަމަވެސް ކޯލިޝަނުން ވަކިވާން ޖެހޭ ހާލަތަކަށް ނުދާ ކަމަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

މާއްދާ 27 ނަމުގައި، ހުކުރު އެޑިޝަން (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫނާއެކު ކްލަބް ހައުސްގައި ކުރިއަށްދިޔަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ.

ފާރިސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަނާއި ހަމައަށް ޖަވާބު ހޯދަން ލިޔުން ފޮނުވި ނަމަވެސް ގިނަ ކަންކަމުގައި އިޖާބާ ލިބިފައި ނުވާ ކަަމަށެވެ. އަދި މާބޮަޑަށް ކަންތައްތައް ގޯސްކޮށް ހިނގައްޖެ ނަމަ، އެކަންކަމާއި ގުޅޭގޮތުން ރަސްމީކޮށްވެސް ހިޔާލު ފާޅުކޮށްފައިވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

"މިހާތަނަށް އައިއިރު، އަޅުގަނޑުމެންގެ ސީދާ ކޯލިޝަނުން ވަކިވާން ޖެހޭ ވަރުގެ ކަމެއް ކަމަށް، އަޅުގަނޑުމެންގެ އެކްސްކޯއަށާއި، އަޅުގަނޑުމެންގެ އެތެރޭގެ ގުނަވަންތަކުގައި މަޝްވަރާކޮށްގެން، އެވަރުގެ ހާލަތަކަށް އަދި ނުދޭ.". ފާރިސް ވިދާޅުވިއެވެ.

އަދި ކޯލިޝަން އެއްބަސްވުމުގައި ފަސް އަހަރު ދުވަހު އެކުގައި މަސައްކަތް ކުރާނެ ކަމަށް އެއްބަސްވެފައި އޮތް ކަމަށާއި، މި އޮތީ އެގޮތުގެ މަތީގައި ކަމަށްވެސް ފާރިސް ވިދާޅުވިއެވެ. މިހެންތިބި ކަމުގައިވިޔަސް، މި ސަރުކާރުގައި ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށްވެސް ފާރިސް ފާހަގަކުރެއްވިއެވެ.

ފާރިސް ފާހަގަކުރެއްވިގޮތުގައި، ސަރުކާރުގައި ހުރި ހިތްހަަމަ ނުޖެހޭ ކަންކަމާއި، ކަންބޮޑުުވުން ފާޅުކޮށްފައި ވަނީ އެންމެ ބޮޑެތި ކަންތައްތަކުގައެެވެ.

"އެމްއާރްއެމް، އެމްއާރްއެމްގެ ލީޑާޝިޕް، އެމްއާރްއެމްގެ އެކްސްކޯ ހިތްހަމަޖެހޭ ފެންވަރަކަށް ކުރިއެރުން ލިބިފައި ނެތް ވާހަކަ ދަންނަވާލަން".

އޭގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުމާއި، ސިޔާސީ ނުފޫޒު ކަންކަމުގެ ތެރެއަށް ވަދެގެން ދިއުމާއި، ކޮރަޕްޝަންގެ ކަންކަން ފުޅާވެފައި އޮތް މިންވަރާއި ޖިނާއީ އަދުލުގެ ނިޒާމް ދޯދިޔާވެފައި އޮތް މިންވަރު ފާހަގަކުރެއްވިއެވެ. ފާރިސް ވިދާޅުވީ، މިކަންކަމަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުގެ ފަރާތުން ނުލިބޭ ކަމަށެވެ.

ފާރިސް ވިދާޅުވީ، މަސްތުވަތަކެތީގެ މައްސަލަ އެއްވެސް ވަރަކަށް ކޮންޓްރޯލް ވެގެން ނުދަ ކަމަށެވެ. އަދި ޖިނާއީ އަދަލުގެ ނިޒާމް އެކަންކަމުގެ މައްޗަށް ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީ އަދި އެހެނިހެން މައްސަލަތައް އެ ހުރީ އެއްވެސް ކޮޅެއްގައި ނުޖެހި، ދެން ހަމައެކަނި ރައީސް ޔާމީނާއި މެދު، އެންމެ ސިޔާސީ ބޭފުޅަކާއި މެދު ތަހުގީގެއް ހިންގައިގެން ޝަރީއަތް ގެންދިއުމަކީވެސް އަޅުގަނޑުމެން އެދޭ ގޮތެއް ނޫން.".

އެމްެއާރްއެމް އިން މި ސަރުކާރު އުފައްދަން އެއްބަސްވުންތަކެއް އެއްބަސްވެ ސޮއި ކުރެވުނީ ޖޮއިންޓް މެނިފެސްޓޯއަކާއި އެކީގައި ކަަމަށެވެ.

އެކަކު ވަނީ ފާރިސް ގާތުން މި ވެރިކަމަކީ ގާނޫނު އަސާސީ އެއްގޮތަށް ހިނގަމުންދާ ވެރިކަމެއްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ތެރޭގައި އެންމެ ރަނގަޅު ނޫން ގޮތްގޮތަށް ކަންކަން ހިނގަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެކަން ހުއްޓުވޭނެ ބާރެއް "އަޅުގަނޑުމެންގެ" އަތްމައްޗަކު ނެތް ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްއަކީ މިހާރު މަޖިލީސް މެންބަރެއް ނޫނެވެ. އަދި އެމްއާރްއެމްގެ ބޭފުޅަކު މަޖިލީސްގައި މިވަގުތު ނެތެވެ.

ފާރިސް ވިދާޅުވި، މަޖިލީހަށް އެ ޕާޓީގެ ފަރާތުން މަދުން ނަމަވެސް ލިޔުންތަކާއި ފޮނުވާފައިވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ފެންނަ ގޮތް، އެހެން ނަމަވެސް އަޅުގަނޑުމެންނަށްވެސް އެނގިގެން މި ދަނީ ނޫސްތަކުން އެނގޭ އެއްޗެއް އެކަނި، ރައްޔިތުންގެ މަޖިލީސް ތެރޭގައި ކަންތައް ހިނގާ ގޮތާއި މެދު އަޅުގަނޑުމެންނަށް ވަރަށް ސާފްކޮށް ދަންނަވާނީ ބައެއް ކަންކަމުގައި ވަރަށް ބޮޑު ކަންބޮޑުވުން އެބަ ހުރި". ފާރިސް ވިދާޅުވިއެވެ.


More from Vaguthu