އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް އަންގައިފި

Thu, 05 Aug 2021 09:26 PM

View on this article on Raajje.mv

އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް އަންގައިފި

    އެމްބެސަޑަރ ބްރޭންޑްގެ 'ވެޖިޓަބަލް ކްރީމް' ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

    އެމްއެފްޑީއޭއިން ބުނީ, ލޯކަސްޓް ބީން ގަމް އަކީ މި ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އުފެއްދުމުގައި ބޭނުންކޮށްފައިވާ އިންގްރީޑިއަންޓް އެއް ކަމަށެވެ. އަދި މި އިންގްރީޑިއަންޓް, އެތިލީން އޮކްސައިޑް ކިޔާ ކެމިކަލް އަކުން ތަޣައްޔަރުވެފައިވާ ކަމުގެ މައުލޫމާތު, ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން މި އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

    މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާތީ އެމްއެފްޑީއޭއިން ބުނީ, މިއެލަރޓްއާ ގުޅިގެން, ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާހުގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން, ވަކި ގޮތެއް އަންގަންދެން މި ވެޖިޓަބަލް ކްރީމް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.