ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދީފި

Thu, 05 Aug 2021 09:24 PM

View on this article on Raajje.mv

ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދީފި

    ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދީފިއެވެ.

    ބުރާސްފަތި ދުވަހުގެ ހަވީރު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ, މާލެ ސަރަހައްދުގައި ހިންގާ ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަދީފައިވާ ކަމަށެވެ.

    އެގޮތުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި, 18 އަހަރުން މަތީގެ ދަރިވަރުންނާއި މުވައްޒަފުން ވެކްސިން ޖެހުމަށް ޑރ. ނަޒްލާ އެދިވަޑައިގެންފައިވެއެވެ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންގެ ތެރެއިން އާބާދީގެ 95 އިންސައްތައަށްވުރެ މައްޗަށް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

    ކޮވިޑް-19އާ ގުޅިގެން, ކިޔެވުމާއި އިމްތިހާނުތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ބައެއް ދަރިވަރުންނަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފަވެއެވެ. ޔުނިވަރސިޓީތަކުގައި ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ހުއްދަ ދިންނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.