ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

Thu, 22 Jul 2021 05:54 AM

View on this article on Raajje.mv

ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

    ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

    ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ މެންދުރު 12:33 ހާއިރު ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

    މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބިގެން މަރުވީ 35 އަހަރުގެ ޔޫކުރެއިން ފިރިހެނެކެވެ. ޗުއްޓީ ހޭދަކުރަމުން ދިޔައީ ދ. އަތޮޅުގައި ހިންގާ ރިއު ކިޔާ ރިސޯޓެއްގައެވެ.

    ބުދަ ދުވަހު ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު، ސަން ސިޔާމްގެ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރިއުޅުނު ފަސް އަހަރުގެ ރަޝިއާ ފިރިހެން ކުއްޖަކު ވެސް އަންގާރަ ދުވަހު މަރުވެފައިވެއެވެ.