ދިއްދޫ މޮނިޓަރިންއިން ނަގައިފި

Thu, 22 Jul 2021 05:48 AM

View on this article on Raajje.mv

ދިއްދޫ މޮނިޓަރިންއިން ނަގައިފި

    ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން މޮނިޓަރިގެ ހާލަތަށް ގެނެވުނު ހދ. ދިއްދޫ މޮނިޓަރިންއިން ނަގައިފިއެވެ.

    ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ 24 ޖޫން 2021 ގައެވެ. އަދި މޮނިޓަރިންގެ ހާލަތުން އެރަށް ނެގީ 21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ 10:45 ގައެވެ.

    ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

    އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ނިމުން އަންނާނެ ކަމަށެވެ.

    ދިއްދޫ މޮނިޓަރިންގެ ހާލަތު އުވާލާފައިވާއިރު، އެރަށުން ޖުމްލަ 146 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 98 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. 46 އެކްޓިވް ކޭސް ހިމެނޭއިރު، 2 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ. މިހާތަނަށް 1943 ސާމްޕަލް ނަގާފައިވެއެވެ. އަދި މިމަހުގެ 18ގެ ފަހުން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާ ކަމަށް އެރަށުގެ ހޮސްޕިޓަލުން ބުނެއެވެ.