ޝަރުތުތަކަކާއެކު ވެކްސިން ނުޖަހާ ފަތުރުވެރިން ރަށްތަކަށް

Thu, 22 Jul 2021 12:21 AM

View on this article on Sun Online

ޝަރުތުތަކަކާއެކު ވެކްސިން ނުޖަހާ ފަތުރުވެރިން ރަށްތަކަށް

ޝަރުތުތަކަކާއެކު ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ގެސްޓްހައުސް ތަކަށް ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނެފައި ވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނާއި އެފަރާތްތަކާ އެކު ދަތުރު ކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ގެސްޓްހައުސް އަށް ޗެކް އިން ވެވޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ގެސްޓްހައުސްއަށް ޗެކްއިން ނުވެވޭނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ.

ފަތުރުވެރިން ރާއްޖެ އެތެރެ ވާއިރު، 72 ގަޑިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށާއި އަދި ރަށްރަށުގެ ގެސްޓްހައުސް ތަކުގައި ތިބޭ ފަތުރުވެރިން، ޗެކްއައުޓް ވާއިރު ވެސް ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެހެން ނަމަވެސް ހާލަތްތަކަކާ އެކު، ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ވެސް ގެސްޓްހައުސްއަށް ޗެކްއިން ވެވޭނެ އެވެ.

އޭގެ ތެރޭގައި ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވުމާއި، ގެސްޓްހައުސްގައި މަސައްކަތް ކުރާ ފަރާތްތަކުގެ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރުމުގެ އިތުރުން ރަށުގެ އާބާދީގެ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހުން ހިމެނެ އެވެ.