ޓްރީޓޮޕުގައި އަަލަށް ހަތަރު ހިދުމަތެއް ފަށައިފި

Thu, 22 Jul 2021 08:41 AM

View on this article on Sun Online

ޓްރީޓޮޕުގައި އަަލަށް ހަތަރު ހިދުމަތެއް ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލުން އަލަށްދޭ ހަތަރު ހިދުމަތެއް ދިނުމަށް ރިހެބިލިޓޭޓިވް ސެންޓަރެއްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ރީހެބިލިޓޭޓިވް ސެންޓަރުން ލިބިގެންދާނީ ފިޒިއޮތެރަޕީގެ ހިދުމަތާ، ސްޕީޗް އެންޑް ލޭންގުއޭޖް ތެރަޕީ އާއި އޯޑިއޮލޮޖީ ސާވިސަސް ގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީކަމަށެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން މި ހިދުމަތް ހާއްސަ ރީހެބިލިޓޭޓިވް ސެންޓަރަކުން ދެމުންދާ އެންމެ ބޮޑު ސަބަބަކީ ފަރުވާ ބޭނުންވާ ބަލި މީހުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ރަނގަޅު ފެންވަރެއްގައި ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

އެ ހޮސްޕިޓަލުން ދޭ ފިޒިއޮތެރަޕީ ސެޝަންތަކަކީ 45 މިނެޓާއި އެއް ގަޑިއިރަށް ދިގު ދެމިގެންދާ ސެޝަންތަކެކެވެ. މީގެ އިތުރުން ފިޒިއޮތެރަޕީ ދިނުމުގައި ހަރަކާތްތެރިވާނީ ޒަމާނީ ވަސީލަތްތަކާއެކު ތަޖުރިބާކާރު ސިއްހީ މާހިރުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ޕީޑިއެޓްރިކް ރީހެބެލިޓޭޓިވް ހިދުމަތް ނުވަތަ ކުޑަކުދިންނަށް ހާއްސަ ރީހެބް ޚިދުމަތް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލި ޖެހި ބަލިން ރަނގަޅުވެ އެއްކޮށް ބަލިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް-19 ރިހެބް ޕްރޮގްރާމެއް ކުރިއަށް ގެންދާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ ސްޕީޗް އެންޑް ލޭންގުއޭޖް ތެރަޕީގެ ދަށުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ވާހަކަދެއްކުމުގައި ދިމާވާ ދަތިތައް ދެނެގަނެ، ކާ ތަކެތި ދިރުވުމުގައި ދިމާވާ މައްސަލަތައް ބަލައި ހައްލުކޮށްދިނުމަށް ތެރަޕީގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށެވެ.

މި ޚިދުމަތާއެކު ދެން އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތުގެ ތެރޭގައި އޯޑިއޮލޮޖީގެ ހިދުމަތް ހިމެނެއެވެ. އެގޮތުން މި ޚިދުމަތުގެ ތެރެއިން ހިއަރިން އެއިޑް ހަރުކޮށްދިނުމާއި އުޅުމާއި އަޑުއިވުމުގެ އިތުރުން އިލެކްޓްރޯ-ސައިކޮލޮޖިކަލް ކަންކަން ދެނެގަތުމުގެ ޚިދުމަތް ލިބިގެން ދެއެވެ. މި ކަންކަމަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ލިބިގެންދާނެ ހިދުމަތެކެވެ. އަދި އަލަށް އުފަންވާ ކުދިންގެ އަޑުއެހުމުގެ ހިއްސުގެ ކަންކަން ބެލުމުގެ ހާއްސަ ހިދުމަތް ބްރެއިންސްޓެމް އިވޯކްޑް ރެސްޕޮންސް އޮޑިއޯމެޓްރީ (ބެރާ) ޓެސްޓިންގެ ހިދުމަތްވެސް އެ ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ދޭ ހިއަރިންގް އެއިޑް ފަރުވާ: އިމްޕޭޑެންސް އޮޑިއޯމެޓްރީ މެދުވެރިކޮށް އިޔާ ޑްރަމާއި އޭގެ ފަހަތުގައިވާ ސަރަހައްދާއި ކަންފަތުގެ މަސްތަކުގެ ހަރަކާތްތައް ދެނެގަނެވޭނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮކިއުޕޭޝަނަލް ތެރަޕީގެ ތެރެއިން އޯޓިޒަމް ހުންނަ ކުދިންނަށާއި އަދި އެފަދަ އެހެނިހެން ބަލިތަކުގެ ކުދިންނަށް ހާއްސަކޮށް ފަރުވާ ދިނުމުގެ ކަންކަން އެ ހޮސްޕިޓަލުން ރިހެބިލިޓޭޓިވް ހިދުމަތާއެކު ފޯރުކޮށްދޭނެއެވެ.

އަދި ހެދި ބޮޑުވުމުގައި އަންނަ ލަސްކަން ދެނެގަނެ އެފަދަ އިތުރު ކަންކަމަށް ފަރުވާ ހޯދޭނެ މަގު ފަހިވެގެންދާނެއެވެ. އެ ހޮސްޕިޓަލުން ބުނީ މި ޚިދުމަތް ފޯރުކޮށްދޭނީ މިކަމަށް އެންމެ ގާބިލް ސިއްހީ މާހިރުން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވާ ނުވަތަ [email protected] މެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.