ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް

Sat, 27 Jul 2024 10:16 AM

View on this article on Thiladhun

ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް

ނޯތް ކޮރެއާގެ ސަރުކާރުން ޑޮނަލްޑް ޓްރަމްޕްގެ ބަސްތަކަށް ހަރުކަށި ރައްދެއް ދީފިއެވެ.



އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ، ނޯތް ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާއަށް އެއބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނޯތް ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ނެރުނު އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާގެ ސަރުކާރު ބަދަލުވިޔަސް އެ ގައުމުގެ ދެ ޕާޓީގެ މެދުގައި އޮންނަ ހަމަނުޖެހުންތައް ނިމުމަކަށް ނާންނާނެ ކަމަށާއި، އެކަމާމެދު އެ ގައުމުން ކަންބޮޑުވުމެއް ނެތް ކަމަށެވެ.

މީގެއިތުރުން ކޭސީއެންއޭއިން ބުނެފައިވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް އެމެރިކާއާއި ނޯތް ކޮރެއާގެ ގުޅުމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ޓްރަމްޕް އަލުން ރައީސްކަމަށް ވަޑައިގަތަސް، އެމެރިކާއިން ނޯތް ކޮރެއާއާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާލުމާ ހަމައަށް، އެ ގައުމާ މަޝްވަރާކުރުމުގެ ޝައުގުވެރިކަމެއް ނޯތް ކޮރެއާގައި ނެތް ކަމަށްވެސް ކޭސީއެންއޭގެ އެޑިޓޯރިއަލްގައި މި ބުނެފައިވެއެވެ.

ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ ކިމް ޖޮންގް އުން އޭނާއަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، އަދި އޭނާ އަލުން ރައީސްކަމަށް އަންނަން ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

The post ޓްރަމްޕަށް ނޯތުކޮރެއާއިން ހަރުކަށި ރައްދެއް first appeared on Thiladhun.



More from Thiladhun