އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

Wed, 08 May 2024 11:41 AM

View on this article on Thiladhun

އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި އެމެރިކާގެ މީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަން އެނގިއްޖެއެވެ.



ބިދޭސީ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހުގައެވެ. އެއީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއިކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރު ނުކުރުމަށާއި ގާނޫނީ ކުށެއް ނުކުރުމަށް ކުރި ޝަރުތެވެ.

އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ގޮސް ޖަހަނީ އެއާލައިން މުވައްޒަފެއްގެ މޫނުމަތީގައެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް ޖަހާ ތަން ވީޑިއޯ އިން ފެނެއެވެ.

އެ ބިދޭސީ މީހާ ހުއްޓުވަން އިތުރު ބަޔަކު މަސައްކަތް ކުރާ ތަން ވެސް ފެނެއެވެ.

The post އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި first appeared on Thiladhun.



More from Thiladhun