މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

Wed, 08 May 2024 11:36 AM

View on this article on Thiladhun

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ނިންމާލައިފިއެވެ.



މަޖިލިހުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އެކަމަކު، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް ފަސްކޮށްފައެވެ. އެއް ގަޑިއިރު ފަހުން ފަށަން ބެލި އިރު ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ.

އެހެންވެ، ޖަލްސާ ފެށުން މިއަދު ހެނދުނު 11:00 އަށް ފަސް ކުރުމުން ވެސް ޖަލްސާ ފެށޭ ގޮތެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 11 ޖެހިއިރު ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 10 މެމްބަރުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަސްދުކުރަނީ މި ޖަލްސާ ނިންމާލަން،" އަސްލަމް ވިދާޅުވިއެވެ.

މަޖިލިހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުފެށި ދިގުލައިގެން ދިޔައިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން މެމްބަރުން ވަޒީރުންނާ ކުރައްވަން ހުށަހަޅާފައި އޮތް 21 ސުވާލެއްގެ ޖަވާބު ނުލިބި އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ބުދަ ދުވަހުއެވެ.

ވިހި ވަނަ މަޖިލީހުގެ ދައުރު ފެށޭނީ މި މަހު 28 ގައި އެ މެމްބަރުން ގާނޫނީ ހުވާ ކުރެއްވުމުންނެވެ.

The post މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި first appeared on Thiladhun.



More from Thiladhun