ސައިޑް އިފެކްޓާހެދި އެކި ގައުމުތަކުން އެސްޓްރާ ޒެނެކާ ވެކްސިން ނަގަނީ

Wed, 08 May 2024 10:38 AM

View on this article on Thiladhun

ސައިޑް އިފެކްޓާހެދި އެކި ގައުމުތަކުން އެސްޓްރާ ޒެނެކާ ވެކްސިން ނަގަނީ

ކޮވިޑް 19 އާ ގުޅިގެން އެސްޓްރާ ޒެނެކާއިން އުފެއްދި ވެކްސިން އެކި ގައުމުތަކުން އަނބުރާ ނަގަން ފަށައިފިއެވެ.



ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުން އެސްޓްރާ ޒެނެކާ ވެކްސިން އެކި ގައުމުތަކުން ނަގަން ފަށާފައިވަނީ އެ ވެކްސިންގެ ސަބަބުން ނުރައްކާތެރި އަދި މަދުން ނޫނީ ނުފެންނަ ސައިޑް އިފެކްޓްތައް ފެންނަތީއެވެ.

އެހެން ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވެކްސިން އަނބުރާ ނަގަން އެ ކުންފުނިން ނިންމީ ޑިމާންޑް ކުޑަވުމުންނެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކުން ވެކްސިން އުފެއްދިއެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިންގެ ގޮތުގައި އެސްޓްރާ ޒެނެކާ ވެގެންދިޔައެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން މަޖުބޫރު ކުރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ވެކްސި ޖަހާފައެވެ. މީގެ ތެރޭގައި އެސްޓްރާ ޒެނެކާ ވެސް ހިމެނެއެވެ.

The post ސައިޑް އިފެކްޓާހެދި އެކި ގައުމުތަކުން އެސްޓްރާ ޒެނެކާ ވެކްސިން ނަގަނީ first appeared on Thiladhun.



More from Thiladhun