އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

Wed, 08 May 2024 10:35 AM

View on this article on Thiladhun

އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ތަރައްގީ ކުރާ "ކާފަމާމަ މައިޒާން" ހެދުމަށް ބޭނުންވާ ބިމާއި މާލީ އެހީ، އިހަވަންދޫ ކައުންސިލުން އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޕޯލްސްޓާއާއި ހަވާލުކޮށްފިއެވެ.



މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ.

އިހަވަންދޫ ކައުންސިލުން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި 100000 (އެއްލައްކަ) ރުފިޔާގެ އެހީ ޕޯލްސްޓާއާއި ހަވާލުކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޔޫތު މިނިސްޓްރީން 241000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވާއިރު، މި ޕްރޮޖެކްޓަށް ޕޯލްސްޓާއިން ކުރާ ޚަރަދާއިއެކު، ޕްރޮޖެކްޓްގެ ޖުމްލަ އަގު 380000 (ތިންލައްކަ އައްޑިހަހާސް) ރުފިޔާއށް ވުރެ މައްޗަށް އަރައެވެ.

އިހަވަންދޫ އިރުމަތީ ފަރާތު ގަބީލާ ސަރަހައްދުގައި ޕޯލްސްޓާއިން ތަރައްޤީކުރާ މި ޕާކުގައި އުނދޯލި ހަދައި އެލުވުމާއި، ޖޯލިފަތިތައް ބެހެއްޓުމާއި ބާބެކިއު ސްޓޭންޑްތައް ބެހެއްޓުމާއި، އެތަނުގެ މަގުތަކުގައި ބައްތިޖެހުމާއި، ގަސްއިންދައި އެތަންތަނުގައި ބުރު ހެދުމާއި، ހޮޅުއަށި އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޫދަށް ފައިބާ ސިޑިއާއި ރޭމްޕްގެ ހެދުމާއި އައުޓްޑޯ ލައިބްރަރީއެއް ތަރައްޤީ ކުރުމުގެ އިތުރުން އެތަނުގައި ފިހާރައެއް ވެސް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

ކްލަބް ޕޯލްސްޓާއަކީ އިހަވަންދޫގެ ކުރިއެރުމަށް ފާހަގަ ކޮށްލެވޭ ފަދަ އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކްލަބެކެވެ.

The post އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި first appeared on Thiladhun.



More from Thiladhun