ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

Mon, 06 May 2024 12:11 PM

View on this article on Thiladhun

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

ފުލުހުންގެ އިދާރާގެ ވަޒީފާތައް ދިވެހިންނަށް އިސްކަން ދެވޭ ގޮތަށް ދިނުމަށް ނިންމައިފި އެވެ.



ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނައުމަށާއި އެ މީހުންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައި ވަނިކޮށް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއުލާން ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް ހެދުމުގެ ގޮތުން ކަމަށެވެ. ޝިފާން ވިދާޅުވީ ލޮޖިސްޓިކްސްގެ އެކި ވަޒީފާތައް މީގެ ކުރިން ބިދޭސީންނަށް ދެމުން އައިސްފައިވާ ކަމަށެވެ.

އެއީ އާދައިގެ މަތިން، ފުލުހުންގެ އިދާރާގެ އެކި ތަންތަނުގައި ބިދޭސީން ލައްވައި ކުރުވަމުން އައި މަސައްކަތްތަކަށް ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ރަސްމީ ހިދުމަތް ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބިދޭސީން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކޭޓަރިން ފަދަ ބައެއް ހިދުމަތްތައް ދިނުމުގައި ބިދޭސީން ތިބޭނެ ކަން އިހުސާންގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

The post ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ first appeared on Thiladhun.



More from Thiladhun