ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ

Mon, 06 May 2024 11:22 AM

View on this article on Thiladhun

ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ލޯގޯ ޕްރޮފައިލަށް ލައިގެން ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުހުންގެ ޚިދުމަތުން އެދިއްޖެއެވެ.



ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

''ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަކުން ނުގުޅާނެ'' ފުލުހުން ބުނެފަވެއެވެ.

އެހެންކަމުން މިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުންގެ ނަމުގައި ކުރިން ވެސް މިފަދަ ކޯލްތަކެއް ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ރާއްޖޭގައި ފުޅާ ދާއިރާއެއްގެ ސްކޭމް ހަރަކާތްތައް ހިންގައި މީހުންނަށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ޢަމަލު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ސްކޭމް ހަރަކާތުގައި އުޅޭ މުޖުރިމުން މީހުންނަށް އޮޅުވާލައިގެން ފޭސް ބުކް އެކައުންޓްތައް ހެކްކޮށްގެން، އެ މީހުންގެ ނަމުގައި ފައިސާ ހޯދުމުގެ ކަންތައްތައް ހިންގަމުން އަންނައިރު، ފްލެޓާއި ހައުސިން ސްކީމްތަކުގެ ނަމުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން އެޗްޑީސީއާއި، ބޭންކް ތަކާއި، މުވާސަލާތީ ކުންފުނިތަކާއި ޕޯސްޓް އޮފީސްފަދަ ޚިދުމަތްދޭ އިދާރާތަކުގެ ނަން ބޭނުންކޮށް ސްކޭމް ޖަރީމާތައް އަންނަނީ ހިންގަމުންނެވެ.

The post ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ first appeared on Thiladhun.



More from Thiladhun