ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

Thu, 02 May 2024 03:58 PM

View on this article on Thiladhun

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލުން އަލް ނަސްރު ޖާގަ ހޯދައިފިއެވެ. ރޭ މުބާރާތުގެ ސެމީ ފައިނަލުގައި އަލް ނަސްރުން ވަނީ 3-1 ގެ ނަތީޖާއިން ޚަލީޖް ކުލަބް ބަލިކޮށްފައެވެ.



މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކީ މިވަގުތު ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނާގައި އޮތް އަލް ހިލާލެވެ. އަލް ހިލާލުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން އަލް އިއްތިހާދު ބަލިކޮށްގެނެވެ. މި މަހު ފަހު ދުވަހު ކުޅޭ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އަލް ހިލާލާއި އަލް ނަސްރެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލް ނަސްރުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އައިމަން ޔަހްޔާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރޮނާލްޑޯއެވެ.  ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މާނޭ ވަނީ އަލް ނަސްރަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި އަލް ނަސްރަށް ތިންވަނަ ލަނޑު ޖަހައި ދިނީ ވެސް ރޮނާލްޑޯއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އައިމަން ޔަހްޔާގެ އެހީތެރިކަމާއިއެކުއެވެ. ޚަލީޖް ކްލަބްގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ޖަހައިދިނީ އަލް ޓަރިސްއެވެ.

The post ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް first appeared on Thiladhun.



More from Thiladhun