ޕެނަލްޓީގައި ޗެމްޕިއަނުން ބަލިކޮށް ރެއާލް ސެމީއަށް

Thu, 18 Apr 2024 07:44 PM

View on this article on Thiladhun

ޕެނަލްޓީގައި ޗެމްޕިއަނުން ބަލިކޮށް ރެއާލް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.



މި ދެ ޓީމް ވާދަކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި ކުޅެފައިވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނުއިރު އޮތީ 1-1 އެއްވަރުވެ އެގްރިގޭޓް ނަތީޖާ (4-4) އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީގެ މައްޗަށް ރެއާލުން ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ.

މެޗުގައި ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މުޅިމެޗު ކޮންޓްރޯލްކުރީ ސިޓީންނެވެ. މުޅި މެޗުގައި ރެއާލުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އެ ޓީމުން ފޮނުވާލިއެވެ. ޑިފެންސަށް އިސްކަންދީގެން ކުޅުނު ރެއާލުން، ސިޓީ ހުއްޓުވުމުގައި ޑިފެންޑަރުންގެ މޮޅު ކުޅުމުގެ އިތުރުން ކީޕަރ ލުނިންގެ ހުޝިޔާރުކަން މުޅިމެޗުގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ރެއާލުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ވިނީ ހުރަސްކުރި ބޯޅައަކުން ތަނަވަސްވީ ފުރުސަތެއްގައި ޖަހައިދިނީ ރޮޑްރިގޯއެވެ. ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 76 ވަނަ މިނެޓުގައި ޑިބްރޭނާއެވެ. ޑޮކޫ ފޮނުވާލި ހަމަލާ ރެއާލްގެ ޑިފެންޑަރ ރުޑިގާގެ ގައިގައި ޖެހިފައި ނުކުތްވަގުތު ޑިބްރޭނާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރެއާލްގެ ފުރަތަމަ ޕެނަލްޓީ މޮޑްރިޗް ފޮނުވާލިއިރު، ސިޓީގެ ކީޕަރު އެޑަޝަން އެ ޕެނަލްޓީ ވަނީ މަތަކޮށްފައެވެ. ސިޓީގެ ފުރަތަމަ ޕެނަލްޓީ ޖެހީ އަލްވަރޭޒްއެވެ. އޭނާ ވަނީ އެ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ސިޓީގެ ބާނާޑޯ ސިލްވާގެ އިތުރުން ކޮވެސިޗް ފޮނުވާލި ޕެނަލްޓީ ރެއާލްގެ ގޯލު ބެލެހެއްޓި ޔުކްރެއިންގެ އުންމީދީ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ސިޓީގެ ކީޕަރު އެޑަޝަންއާއި ފިލް ފޮޑެން ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ރެއާލުގެ ބެލިންހަމްއާއި ލޫކަސް ވަޒްކުއޭޒްގެ އިތުރުން ކެޕްޓަން ނަޗޯ ޖެހި ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ރެއާލް މޮޅުކޮށްދިން ޕެނަލްޓީ ޖެހީ ރުޑިގާއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރެއާލް ބައްދަލުކުރާނީ ރޭ އާސެނަލް ބަލިކޮށް ސެމީން ޖާގަ ހޯދި ޖަރުމަނުގެ ބަޔާން މިއުނިކާއެވެ.

The post ޕެނަލްޓީގައި ޗެމްޕިއަނުން ބަލިކޮށް ރެއާލް ސެމީއަށް first appeared on Thiladhun.



More from Thiladhun