ހުޅުމާލެއާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް

Thu, 08 Jun 2023 10:31 PM

View on this article on Thiladhun

ހުޅުމާލެއާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް

މިި ހިނގާ ޖޫން މަހުގެ 6 ވަނަދުވަހު ހުޅުމާލެއާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް ކަމަށް ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ އެދުވަހު ހުޅުމާލެ ފޭސް 2 އާއި ދިމާލުން ކަނޑުމަތިން ފެނުނު މަރުވެފައިވާ މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ މީހެއް ކަމަށެވެ.

މިހައިތަނަށް ބެލި ބެލުމުން އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ ޗައިނާ ރައްޔިތެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ކަމަށެވެ. އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށެވެ.

އެއީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ވިދާޅުވިއެވެ.

The post ހުޅުމާލެއާ ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް first appeared on Thiladhun.



More from Thiladhun