ފިންލެންޑްގެ މިލިއަނަރަކު ބާރު ސްޕީޑްގައި ދުއްވުމުން 130،000 ޑޮލަރުގެ ޖޫރިމަނާއެއް

Thu, 08 Jun 2023 05:48 PM

View on this article on Thiladhun

ފިންލެންޑްގެ މިލިއަނަރަކު ބާރު ސްޕީޑްގައި ދުއްވުމުން 130،000 ޑޮލަރުގެ ޖޫރިމަނާއެއް

ފިންލޭންޑްގެ މިލިއަނަރަކު ބާރު ސްޕޑްގައި ކާރު ދުއްވުމުން ގާތްގަނޑަކަށް 130،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ފިންލެންޑްގެ ގާނޫނު ބުނާގޮތުން ޓްރެފިކް ގަވާއިދުތަކާ ހިލާފަށް ދުއްވުމުން ޖޫރިމަނާ ކުރެވޭނީ އެ މީހާގެ އާމްދަނީއަށް ބަލައިގެންނެވެ.

ފިންލެންޑްގެ ވިޔަފާރިއެއް އަދި މިލިއަނަރެއް ކަމަށްވާ އެ މީހާ ޖޫރިމަނާކުރީ 20 މޭލަށް ވުރެ ބާރަށް ދުއްވުމުން ކަމަށް ފިންލޭންޑްގެ ނޫސް ނިޔާ އަލަންޑް އިން ބުނެ އެވެ.

"އަހަރެން ވަރަށް ހިތާމަކުރަން މިކަމާ މެދު،" ވިޔަފާރިވެރިޔާ އެންޑަސް ވިކްލޮފް އެ ނޫހަށް ބުނެފައިވެ އެވެ.

ފިންލޭންޑްގެ ގާނޫނުގައި ބުނެފައި ވަނީ ކުށްވެރިއެއްގެ އާމްދަނީ އާއި ކުށުގެ ސީރިއަސްކަމާ ގުޅިގެން އަދަބު ދެވިދާނެ ކަމަށެވެ. އެ މީހާގެ މައްޗަށް އިއްވީ އޭނާގެ 14 ދުވަހުގެ އާމްދަނީއާ އެއްވަރުގެ ޖޫރިމަނާ އެކެވެ.

The post ފިންލެންޑްގެ މިލިއަނަރަކު ބާރު ސްޕީޑްގައި ދުއްވުމުން 130،000 ޑޮލަރުގެ ޖޫރިމަނާއެއް first appeared on Thiladhun.



More from Thiladhun