އާބަންކޯގެ ސީއާރްއާރްގެ ދަށުން ހިންމަފުށީގައި ޖަލެއް އަޅައިދީފި

Mon, 05 Jun 2023 11:58 AM

View on this article on Thiladhun

އާބަންކޯގެ ސީއާރްއާރްގެ ދަށުން ހިންމަފުށީގައި ޖަލެއް އަޅައިދީފި

އާބަންކޯ އާއި ހަވާލުކުރި ހިންމަފުށީގައި ޖަލުގެ މަސައްކަތް ނިމިއްޖެއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މިއީ އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދާތީ، މާލެ ޖަލު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު ކަމެެއް ކަމަށެވެ.

އާބަންކޯ އިން ބުނީ ރައީސް އޮފީހުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ހިންމަފުށިގައި ޖަލު ތަރައްގީކޮށްފައިވަނީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެއް ކަމަށެވެ. އެތަނުގައި އިމާރާތް ކުރީ 4 ބްލޮކް ހިމެނޭ ގޮތަށް ޖަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެ ކަމަށާއި ގައިދީން ބޭނުންކުރުމަށް 12 ފާޚާނާ އެތަނުގައި އިމާރާތް ކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަނަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ނިމިފައިވާ ކަމަށާއި ހުރިހައި މަސައްކަތެއް ނިންމައި، އެތަން ކަރެކްޝަންސް އާ ހަވާލުކޮށްފައިވާ ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

އާބަންކޯ ގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްޤީ ކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެ ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ސީއާރްއާރް ގެ ދަށުން ކުރަމުންނެވެ.

އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

The post އާބަންކޯގެ ސީއާރްއާރްގެ ދަށުން ހިންމަފުށީގައި ޖަލެއް އަޅައިދީފި first appeared on Thiladhun.



More from Thiladhun