އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން: ފައްޔާޟު

Sun, 04 Jun 2023 11:53 PM

View on this article on Thiladhun

އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން: ފައްޔާޟު

އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ގަން އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޟު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ، 2018 ވަނަ އަހަރު ރައީސް ސާލިހު ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެންމެބޮޑު ތަސައްވަރެއް އޮތީ އައްޑޫ ސިޓީއަށް ކަމަށާއި ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އައްޑޫ ސިޓީގައި ކަމަށެވެ.

އެ ސިޓީގެ ތަރައްގީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ކަމަށާއި އައްޑޫގައި ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު ލިބެން އޮތީ ވެސް އެއާޕޯޓް ތަރައްގީ ކުރެވިގެންކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި މިސަރުކާރުން އެއާޕޯޓް ތަރައްގީ ކުރާނެ ފައިސާ ހަމަޖައްސައި އެއާޕޯޓްގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫ އަށް އިންވެސްޓް ކުރާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގައި އިންވެސްޓް ކުރާ މީހުންނަށް މިހައިތަނަށް ދިމާވި އެންމެ ބޮޑު މާލީ ގޮންޖެހުމަށް ވެސް ހައްލު ހޯއްދަވައި ދެއްވީ ރައީސް ސާލިހު ކަމަށާއި ފާއިތުވެގެން މިދާ ދެ ދުވަހަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ރައްޔިތުން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔަ ދެ ދުވަސް ކަމަށް ވެސް ފައްޔާޟު ވިދާޅުވިއެވެ.

The post އައްޑޫ ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ކުރުމަކީ ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން: ފައްޔާޟު first appeared on Thiladhun.



More from Thiladhun