ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

Sun, 04 Jun 2023 11:44 PM

View on this article on Thiladhun

ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލޭ ބައު އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަރޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް އެވެ.

ސްޓެލްކޯ އިން ބުނީ މިއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އެ ކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް މިހާ ކުރުމުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ފާހަގަކަން އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ މި ޕަވަރޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ. އަދި މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ ވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ޕަވާޕްލާންޓުގެ ބޭނުން ހިފާނީ، މުޅި މާލެ ސަރަހައްދުގައި ހިމެނޭ ތިން ޕަވާޕްލާންޓުން ފޯރުކޮށްދޭ ވަރަށް ވުރެ އިތުރަށް ކުއްލި ހާލަތްތަކުގައި ކަރަންޓު ބޭނުންވާ ނަމަ ކަމަށެވެ. އަދި އެ ޕަވާޕްލާންޓުގައި ބަހައްޓާފައި ހުރި 10 އިންޖީނުގެ އިތުރުން، ހަތަރު އިންޖީނެއް ކޮންޓެއިނަރައިޒްކޮށް، އަލަށް ގެނައި ތިން އިންޖީނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 90 މެގަވޮޓުގެ ކަރަންޓު ބޭނުންކުރެވޭ ކަމަށާއި އަދި އެންމެ ހޫނު ގަދަ ދުވަސްވަރު އާންމުން ވަރަށް ގިނައިން ކަރަންޓު ބޭނުންކުރިކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

The post ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި first appeared on Thiladhun.



More from Thiladhun