މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ލޭނުގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ފުލުހުން ނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 12:04 ހާއިރު އެވެ.
އެސަރަހައްދުގައި މިވަގުތުވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
The post ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ first appeared on Thiladhun.