ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފި

Fri, 26 May 2023 11:24 PM

View on this article on Thiladhun

ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފި

ނ. މަނަދޫ ނައީމާ މޫސާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފިއެވެ.

ނައީމާގެ މަރުގެ މައްސަލައާއިގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު މިރޭ ވިދާޅުވީ، ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފުލުހުން ހޯދާފައިވާ ކަމަށެވެ.

އޭގެ އިތުރުން ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނާ ހަމީދު ވިދާޅުވެފައިވާ ގޮތުގައި ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.

މި މައްސަލާގައި ތުހުމަތުވާ ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވެފަވެއެވެ.

އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭޕްރިލް 7 ވަނަ ދުވަހުގެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލި ބެލުމުންނެވެ. އޭރު އޭނާ އޮތީ ބިންމަތީގައި ނިޔާވެފައި ކަމަށް ފުލުހުން ވަނީ އޭޕްރިލް 8 ދުވަހު ބުނެފައެވެ.

The post ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފި first appeared on Thiladhun.


More from Thiladhun