ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ދުނިޔޭގެ ހަމަތައް ނޭނގޭތީ ދައްކާވާހަކަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
އިކްރާމް މިހެން ވިދާޅުވީ، ރާއްޖެއާއި މި ސަރަހައްދު ފެންނަ ޗާޓެއް ޓްވީޓާގައި ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
އިކްރާމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ރައީސްކަމުގައި ހުންނެވި ނަމަވެސް ވަކި އިތުރު މޮޅު ގޮތެއް އެކަމުގައި ނުހޯދޭނެ ކަމަށެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ލަފަޔަށް އެކުވެރި ދައުލަތްތައް (އދ)ގައި ނެގި ވޯޓަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމަށް ބަދަލު ގެނެވޭނެ އޮތީ އެންމެ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''އެއީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ދުނިޔެ ޤަބޫލުކުރުން، އެކަން ކުރާކަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތެއް ކޮށްފައެއް ނުވޭ،'' އިކްރާމް ވިދާޅުވެފަވެއެވެ.
އޭނާ ހިއްސާކުރެއްވި ޗާޓަށް އިޝާރާތް ކުރައްވާ އިކްރާމް ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެއާއި ޗާގޯސް އާއި ދެމެދު އޮތް ކަނޑުގެ ވާހަކަ އެކަނި ދައްކަނީ ކީއްވެގެންތޯ ވަނީ ސުވާލު ކުރައްވާފައެވެ.
Chagos massalaiga sarukaarun raajjeyge kandun baeh gelluvaalee kamah bune idhikolhun dhakkaa vaahaka akee dhuniyeyge hamathah neygeytheeve dhakkaa vaahaka. Komme beyfulhaku raees kamuga hunnevi namaves vaki ithuru molhu goiithakeh nuhoadheyne. ICJge lafayah, UNga negi votah,… pic.twitter.com/bKYgE0qPXE
— Ikram Hassan MP (@ikramhassan) May 25, 2023
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލުނެވެ.
މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.
The post ކަނޑުގެ ބައެއް ގެއްލުވާލިކަމަށް އިދިކޮޅުން ބުނަނީ ދުނިޔޭގެ ހަމަތައް ނޭނގޭތީ: އިކްރާމް first appeared on Thiladhun.