އާރްޓީއެލް އިން ހުޅުމާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފި

Sat, 27 Jul 2024 09:28 AM

View on this article on ThePress.mv

އާރްޓީއެލް އިން ހުޅުމާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފި

މިއަދުން ފެށިގެން އާރްޓީއެލް އިން ހުޅުމާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.



އެމްޓީސީސީ އިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާފައިވާތީ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. މި ގޮތުން ގެނެސްފައިވާ ބަދަލުތަކަކީ:

  • އާރް 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1
  • އާރް 7 - ހުޅުމާލެ ފޭސް 2 - މާލެ (ވެސްޓްޕާކް)
  • އާރް 8 - ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް)
  • އާރް 9 - ހުޅުމާލެ ފޭސް 2 - މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕާކް އޮންނަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް، ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެޗްޓީސީ އިން ބުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަަކަށް ބަދަލުކުރުމުން ހަތް ސަރަހައްދެއްގެ މައްސަލަ ހައްލުވާނެ ކަމަށެވެ.



More from ThePress.mv